އަލްބޭނިއާގައި އަހަރަކަށް ޓިކްޓޮކް މަނާކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އަލްބޭނިއާގެ ބޮޑުވަޒީރު އިއުލާންކުރެއްވި މި ނިންމުން ނިންމަވާފައި މިވަނީ، ދާދިފަހުން އެގައުމުގެ ޒުވާން ކުއްޖަކު މަރާލި ހާދިސާއަކަށްފަހު، ސޯޝަލް މީޑިއާގެ ނުރައްކާތެރިކަމާ އެއިން ކުޑަކުދިންނަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އެ ގައުމުގައި ވާހަކަ ދެއްކުން ގިނަ ވެފައިވާ ދަނޑިވަޅެއްގައެވެ.
ބޮޑުވަޒީރު އެޑީ ރާމާ ވިދާޅުވީ ޓިކްޓޮކް މަނާކޮށް، ސްކޫލްތައް ރައްކާތެރި މާހައުލުތަކަކަށް ހެދުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަންނަ އަހަރު ކުރީކޮޅު ތަންފީޒުކުރަން ފަށާނެކަމަށެވެ. ރާމާ ވަނީ ސްކޫލްތަކުގައި ކުދިން ތަޅާފޮޅުން އިތުރުވެ،
ހަމަނުޖެހުންތައް ހިންގުން އުތުރުވެފައިވަނީ ސޯޝަލް މީޑިއާގެ ސަބަބުންކަމަށާއި، ވަކިން ޚާއްސަކޮށް ޓިކްޓޮކްގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. ސޯޝަލް މީޑިއާ ސަބަބުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އަދި އޮސްޓްރޭލިއާއިން ވެސް ވަނީ ދާދިފަހުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައެވެ.
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!