ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަސްރީން ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އިން ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ލ.އިސްދޫ، މާގަސްދޮށުގެ އަލްފާޟިލް އިބްރާހީމް ނަސްރީން އައްޔަން ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް މ. ހަނީކޯމްބް، އަލްފާޟިލާ އާމިނަތު ނަމްޒާ އައްޔަން ކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މިމަހުގެ 17ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ނަސްރީން އަކީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ސަރުކާރުން ހަމަޖައްސަވައި ތިންވަނަ ބޭފުޅާއެވެ. އެންމެ ފުރަތަމަ އެ މަގާމަށް ހަމަޖެއްސެވީ ޒީނާ ޒާހިރެވެ. އޭނާ އިސްތިއުފާ ދެއްވީ މި އަހަރުގެ އޮގަސްޓް 25 ގައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ