މަޝްހޫރު ކޮމީޑިއަން ނައިޖަލް އަންގް ނުވަތަ އާއްމު ނަމުންނަމަ އަންކަލް ރޮޖަރ މެލޭޝިއާގައި ހުޅުވި ރެސްޓޯރަންޓްގައި ވިއްކާ ފްރައިޑް ރައިސްގެ އަގު ބޮޑު ކަމަށް ކުރެވޭ ޝަކުވާތަކާ ގުޅިގެން، ފްރައިޑް ރައިސްގެ އަގު ހެޔޮކޮށްފިއެވެ.
އެކިއެކި ޝެފުން ފްރައިޑް ރައިސްއާއި އޭޝިއާގެ ކެއުންތައް ހަދާ ވީޑިއޯތައް މަޖާ ގޮތަކަށް ރިވިއުކޮށްގެން މަޝްހޫރުކަން ހޯދާފައިވާ އަންކަލް ރޮޖަރގެ ރެސްޓޯރަންޓް 'ފުއިއްޔޯއި! އިޓްސް އަންކަލް ރޮޖަރ' ގެ ފުރަތަމަ ރެސްޓޯރަންޓް ހުޅުވާފައިވަނީ ކުއާލަލަޕްމޫރުގެ ޕެވިލިއަން މޯލްގައެވެ. 'ފުއިއްޔޯއި!' އަކީ ޝެފަކު ރަނގަޅަށް ކަމެއް ކުރުމުން، ނުވަތަ މީރު އެއްޗެއް ކެވުމުން ވީޑިއޯތަކުގައި އަންކަލް ރޮޖަރ ކިޔާ އެއްޗެކެވެ. ދާދިފަހުން މައިޓައުން މޯލްއާއި ސެލެންގޯގެ އައި.ޕީ.ސީ ޝޮޕިންގ ސެންޓަރގައިވެސް ރެސްޓޯރެންޓެއްވަނީ ހުޅުވާފައެވެ.
ޕެވިލިއަންގައި ހުންނަ ރެސްޓޯރަންޓުން ފްރައިޑް ރައިސްއެއް ވިއްކަނީ 18 ރިންގަޓަށެވެ. އަންކަލް ރޮޖަރ ބުނީ ލޮކޭޝަންގެ ގޮތުންނާއެކު އެ އަގަކީ ރަނގަޅު އަގެއްކަމަށެވެ. އެހެންނަމަވެސް ކަސްޓަމަރުން އެ އަގު ބޮޑުކަމަށް ޝަކުވާކުރާތީ، މައިޓައުން އައުޓްލެޓުން ފްރައިޑް ރައިސް ވިއްކާނީ 16 ރިންގަޓަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް