މާލޭގެ ކެފޭއަކަށް ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ މޯލްޑިވްސް"އަށް ބަޔަކު ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި، މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ގއ. ދެއްވަދޫ، ވައިލެޓްމާގެ، އަހުމަދު ތައުރީގު، 31، އާއި ބ. ތުޅާދޫ، މީޒާން، އަސަދު ހާތިމް، 44، މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ކެފޭއަކަށް ވަދެ، ގެއްލުންދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން ކެފޭ ޒީނަތްތެރި ކުރުމަށް ހަރުކޮށްފައިވާ ބައެއް ތަކެއްޗަށް ގެއްލުންދޭ ތަން ވީޑިއޯއިން ފެނެއެވެ. އިންޒާރު ދީ ބިރު ދައްކައި، މުދަލަށް ގެއްލުންދޭ ތަން ވީޑިއޯ ކުރުމުން، އެ ވީޑިއޯ ޑިލީޓްކުރުމަށް އަންގާތަން ވެސް ވީޑިއޯއިން ފެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ