މޮލްޑޯވާގެ އެމްބަސީއެއް އިންޑިއާގެ ވެރިރަށް ދިއްލީގައި އިއްޔެ ހުޅުވައިފިއެވެ.
އެ އެމްބަސީ ހުޅުވައިދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޖޭއެސް ޖައިޝަންކަރާއި މޮލްޑޯވާގެ ބޮޑުވަޒީރުގެ ނާއިބު ޕޮޕްސޮއިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވަނީ މޮލްޑޯވާއިން އިންޑިއާގެ ދަރިވަރުން ގެނައުމުގައި "އޮޕަރޭޝަން ގަންގާ"ގައި މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާކަމުގައި ވިދާޅުވިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ވާހަކަފުޅުގައި އެމްބަސީ ހުޅުވުމަކީ އިންޑިއާ އާއި މޯލްޑޯވާއާ ދެމެދު އޮތް ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކުރެއްވިއެވެ.
"މިތަނުގައި [އިންޑިއާގައި] އެމްބަސީއެއް ހުޅުވޭ ކޮންމެ ފަހަރަކު އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި ރަނގަޅު ކަމެއް ކުރެވިއްޖެކަން. މިތަނުގައި މިޝަން ހުޅުވުން ކަމުގައި ވިޔަސް، ނުވަތަ އަޅުގަނޑުމެންގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ގައުމުން ބޭރުގައި ހުޅުވުން ކަމުގައި ވިޔަސް، އަޅުގަނޑު ދެކޭ ގޮތުގައި އެއީ އިންޑިއާއިން މުޅި ދުނިޔެއާ ގުޅުން ބަދަހިވަމުންދާ މިންވަރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި،" ޖައިޝަންކަރު ވިދާޅުވިއެވެ.
އަދި މަލްޓިލޭޓަރަލް އިންސްޓިޓިއުޝަންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ބައިނަލްއަގްވާމީ ގޮންޖެހުންތަކުގައި އިންޑިއާ އާއި މޯލްޑޯވާ އަކީ ދުނިޔޭގެ މައިދާނުގައި އެކަކު އަނެކަކަށް އެއްބާރުލުން ދޭ ދެ ގައުމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި
ޑިމޮކްރަސީ އަގުހެޔޮކުރަން ކުރާ މަސައްކަތުން ހާލަތު ދާނީ ދަށަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު
ކުރިއެކޭ އެއްއަގެއްގައި އާންމު ދަތުރުފަތުރާއި ފެރީތަކަށް ތެޔޮ ދޫކުރަނީ
ރެފަރެންޑަމްގައި ކުރާ ސުވާލު ސައްހައެއް ނޫން: ސުއޫދު