އެމެރިކާގެ ވަޔަރލެސް ޓެކްނޮލޮޖީ ނެޓްވޯކްތަކުގައި ބޭނުންކުރަމުންދާ ޗައިނާގެ ހުއާވެއި އަދި ޒެޑް.ޓީ.އީ ކުންފުނީގެ ސާމާނު ނަގައި، އޭގެ ބަދަލުގައި އެހެން ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ތިން ބިލިއަން އެމެރިކާ ޑޮލަރު ހިމަނައިގެން އެމެރިކާގެ ޑިފެންސް ބަޖެޓް ފާސްކުރުމަށް ތައްޔާރުވެއްޖެއެވެ.
ބޮޑު ޚަރަދެއްކޮށްގެން، ޗައިނާގެ ކުންފުނިތަކުގެ ސާމާނުތައް އެމެރިކާގެ ނެޓްވޯކްތަކުން ނަގަން ނިންމީ ގައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެއެވެ. އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ބުނާ ގޮތުގައި މި މަސައްކަތަށް ފަސް ބިލިއަނެއްހާ ޑޮލަރު ބޭނުންވެއެވެ. އެހެންނަމަވެސް ކޮންގްރެސްއިން އެންމެ ފަހުންވެސް ދީފައިވަނީ ދެ ބިލިއަން ޑޮލަރެވެ.
އެމެރިކާއިން ދަނީ އެގައުމުގެ ވާގިވެރިންގެ ކިބައިންވެސް ޗައިނާގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް އެދެމުންނެވެ. އެމެރިކާގެ ޑިފެންސް ބަޖެޓްގައި ޗައިނާއިން ޓެކްނޮލޮޖީ ގޮތުން ހޯދާ ކުރިއެރުންތަކަށް ފާރަވެރިވާނެ އިތުރު ކަންކަންވެސް ހިމަނާފައިވެއެވެ. އެގޮތުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނުތަކުގެ ބޭރުން ޗައިނާއިން ހިންގަމުންދާ އަމަލުތައް ދެނެގަތުމާއި، ޗައިނާއިން ބަޔޯޓެކްނޮލޮޖީގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތައް ދެނެގަތުން ހިމެނެއެވެ
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި