ސީރިޔާގެ ސައިދާ ޒައިނަބްގައި ތާށިވެފައި ތިބި އިންޑިއާގެ 75 ބަޔަކު އެގައުމުން ނެރެވިފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ ސީރިޔާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ތާށިވި 75 އިންޑިއާ މީހުން ބޯޑަރު ހުރަސްކޮށް ރައްކާތެރި ހިސާބުތަކަށް ލުބްނާނަށް ގެންދެވިފައިވާކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ސީރިޔާގެ ދިމިޝްގުގައި ހުންނަ އިންޑިއާ އެމްބަސީއާއި، ލުބްނާނުގެ ބެއިރޫތުގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެންނެވެ.
އެ މީހުން ތިބި ސަރަހައްދުން ރައްކާތެރި ސަރަހައްދަކަށް ގެންދަން ޖެހުނީ އެމީހުންގެ އެދުމުގެ މަތިން، އެސަރަހައްދުގެ ސަލާމަތީ ހާލަތު ދަށަށް ދާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.ލުބްނާނަށް ގެންދެވުނު އެންމެންވެސް ކޮމަރޝަލް ފްލައިޓްތަކުގައި އިންޑިއާއަށް ދަތުރުކުރާނެއެވެ.
ރައްކާތެރި ހިސާބުތަކަށް ގެންދެވުނު އިންޑިއާ މީހުންގެ ތެރޭގައި އަޅުކަމަށް ސީރިޔާއަށް ގޮސް އުޅުނު ކަޝްމީރަށް ނިސްބަތްވާ 44 މީހަކުވެސް ހިމެނޭކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން