އަންނަ ޖެނުއަރީ މަހު ޗައިނާގެ ހަތަރު ސިޓީ އަކަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތުރުތައް ފަށަން ނިންމާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިން، ޝަންގްހާއީ އަދި ޗެންދޫގެ އިތުރުން ޒިއާން އަށް ކަމަށެވެ. އެ ދަތުރުތައް ފަށާނީ ވައިޑް ބޮޑީ އެއާކްރާފާޓާ އެކު ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
ވައިޑް ބޮޑީ އެއާކްރާޓްތަކުން ދުރު ދަތުރުތައް ކުރެވޭނެއެވެ. އެ ބޯޓުގައި ގާތްގަނޑަކަށް 264 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެއެވެ.
މޯލްޑިވިއަންގައި މިވަގުތު 13 ބޯޓު އެބަ އޮތްއިރު، ރާއްޖޭން ބޭރު ގައުމުތަކަށް ދަތުރު ކުރުމަށް މޯލްޑިވިއަން އިން ގެންގުޅޭނީ އެއާބަސް އޭ320 މަރުކާގެ ބޯޓެކެވެ.
މީގެކުރިން ވެސް މޯލްޑިވިއަނުން ޗައިނާ އަދި އެފްރިކާ އަށް ދަތުރުކުރިއެވެ. ނަމަވެސް އެ ދަތުރުތައް މޯލްޑިވިއަން އިން ހުއްޓާލީ ދިގު ދަތުރުތައް ކުރެވޭނެ ވަރުގެ ބޯޓެއް ނެތުމުންނެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި