ކުށް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ޖަލުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ބިލު މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގައިވާ ގޮތުން ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެ މީހަކު ބަންދުން ދޫކުރެވިދާނެ އެވެ. ނަމަވެސް މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ކުށްތަކުގައި ކަފާލާތު ނުދެވޭނެ ކަމަށް އެ ބިލްގައިވެ އެވެ.
ދަށު ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ އުސޫލުން ދޫކުރެވޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ. ނަމަވެސް މިގޮތަށް ދޫކުރެވޭނީ އިންސާފު ގާއިމްކުރަން މުހިންމު ކަމެއް ކަމުގައި ސާބިތުކޮށް ދިނުމުން ކަމަށް ބިލްގައިވެ އެވެ.
މިގޮތަށް ކަފާލާތުގެ ދަށުން ބަންދުން ދޫކުރި ނަމަވެސް ފުރުން މަނާ ކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވޭ ގޮތަށް ބިލްގައި ހިމަނާފައިވެ އެވެ.
މި ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައިވަނީ އިއްވައިފަ އެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދު ދޫކުރާ އުސޫލެވެ. ގާނޫނު މިހާރު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު