ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރުމުގައި ދެ އިހްތިޔާރެއް ހިމަނައި، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ތައްޔާރު ކޮށްފައިވާ އެ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބަޔާން ކޮށްފައިވާ ގޮތުގައި، "ކެޓަގަރީ އޭ ޓޫރިޒަމް އެސެޓްބްލިޝްމަންޓް" ކެޓަގަރީގައި ހިމެނޭ ފަރާތްތަކަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކާއި ރިސޯޓު ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ކަމަށެވެ.
"ކެޓަގަރީ ބީ ޓޫރިޒަމް އެސެޓްބްލިޝްމަންޓް" ކެޓަގަރީގައި ހިމެނޭ ފަރާތްތަކަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ރަޖިސްޓްރީ ކޮށްފައިވާ ޓޫރިސްޓު އުޅަނދުތަކާއި ޓޫރިސްޓު ހޮޓާތަކާއި ގެސްޓު ހައުސް ފަދަ ތަންތަން ކަމަށްވެސް ބިލުގައިވެއެވެ.
މި ދެ ކެޓަގަރީ ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް އަހަރު ދުވަހުގެ ތެރޭގައި ބޭރު ފައިސާ އިން މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭ ފަރާތްތަކުން ވެސް ބޭރު ފައިސާ އިން ލިބޭ އާމްދަނީ މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ބިލުގައި ހިމަނާފައިވެއެވެ.
"ކެޓަގަރީ އޭ ޓޫރިޒަމް އެސެޓްބްލިޝްމަންޓް" ގައި ހިމެނޭ ފަރާތްތަކަށް ދެ އިހްތިޔާރެއް ބިލުގައި ދީފައިވެއެވެ. އެ ދެ އިހްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރު ކުރުމެވެ.
"ކެޓަގަރީ ބީ ޓޫރިޒަމް އެސެޓްބްލިޝްމަންޓް" ގައި ހިމަނާފައިވާ ދެ އިހްތިޔާރަކީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ހިމެނުމެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދުގައިވާ ގޮތަށް 500 ޑޮލަރު ނަގާނެ ކަމަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި