ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ކުއްލިއަކަށް އެ ގައުމުގެ ބޮޑެތި ޝަހަރުތައް ހިފައި، އެންމެ ފަހުން ވެރިރަށް ދިމިޝްޤަށް ވަދެގެންފިއެވެ.
އަލްޖަޒީރާއިން ބުނާ ގޮތުގައި ހަނގުރާމަވެރިން މިހާރު ވަނީ ދިމިޝްޤް އެ މީހުންހެ ބާރުގެ ދަށަށް ގެންދެވުނުކަން އިއުލާންކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ދިމިޝްޤަށް ހިފިނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކަށް ނުވަނުމަށް ހަނގުރާމަވެރިންގެ ލީޑަރުން ވަނީ އަންގާފައެވެ. އަދި ރަސްމީކޮށް އިދިކޮޅު ފަރާތްތަކާއި ސަރުކާރު ހަވާލުވަންދެން ދިމިޝްޤުގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކެއް ހުންނާނީ ބޮޑުވަޒީރު މުހައްމަދު ޣާޒީ އަލްޖަލާލީގެ ބެއްލެވުމުގެ ދަށުގައިކަމަށް ވެސް ހަނގުރާމަވެރިންގެ ލީޑަރު އަލްޖުލާނީވެސް ވަނީ އަންގާފައެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއައްސަދުގެ ވެރިކަމާއި ދެކޮޅަށް ހަނގުރާމެރިން ކުއްލިއަކަށް ދޭން ފެށި ޙަމަލާތަކާއެކު ސޫރިޔާގެ ހުރިހާ ބޮޑެތި ޝަހަރުތަކެއް ހަނގުރާމަވެރިންގެ އަތްދަށަށް ގެންދިޔައީ މަދު ދުވަސްތަކެއްގެ ތެރޭގައެވެ.
ދިމިޝްޤުގައި އުފާފާޅުކުރުންތައް ކުރިއަށްދާ މަންޒަރު ބައިނަލްއަގްވާމީ މީޑިއާތަކުން ދައްކަމުންދާއިރު، ބައްޝާރުލްއައްސަދު ވަނީ ފިއްލަވާފައެވެ. އަދި އޭނާ ހުންނެވި ތަނެއް ސާފުނުވާކަމަށް ވެއެވެ.
1971 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ވެރިކަން ކުރަމުން އައީ ބައްޝާރުގެ އާއިލާއިންނެވެ. 1971 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރުގެ ޖޫން މަހާއި ހަމަޔަށް ބައްޝާރުގެ ބައްޕާފުޅު ހާފިޒުލް އައްސަދު ވެރިކަންކުރެއްވިއެވެ. އަދި އޭނާ އަވަހާރަވުމުން ދެން ވެރިކަމާ ހަވާލުވެވަޑައިގަތީ ބައްޝާރެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލަން ހަނގުރާމަވެރި ޖަމާޢަތްތައް އެކުގައި މަސައްކަތްކުރިނަމަވެސް، ވެރިކަންކުރުމުގައި ޖަމާއަތްތަކުގެ މެދުގައި ބާރުތައް ބަހާލާނެ ގޮތަކާއި މެދު މުހައްލިލުން އަންނަނީ މިހާރުން ފެށިގެން ސުވާލު އުފައްދަމުންނެވެ. ލަޝްކަރު ލީޑްކުރީ ހަޔާތުއްތަޙްރީރުއްޝާމް ޖަމާއަތުންނެވެ. މީގެ އިތުރުން ތުރުކީގެ ނުފޫޒު ހިނގާ ބައެއް ޖަމާއަތްތަކާއި ކުރުދީ ޖަމާއަތްތައްވެސް ބައިވެރިވެއެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި