އިދިކޮޅު އެމްޑީޕީން ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެފަދަ ކަމެއް [ރައީސަށް އިންޒާރު ދިނުން] ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެ ޖަލްސާގައި ވާހަކަދެއްކި މީހަކު ވަނީ މީގެކުރިން ދިވެހި ގައުމުގެ ރައީސްކަން ކުރެއްވި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ދުންފަތް އަގުބޮޑު ކުރުމުން އެމަނިކުފާނަށް ރައްޔިތުން ހަދާލި ގޮތުގެ ވާހަކަތައް ހިއްސާ ކޮށްފައެވެ.
މިއަދު ރައީސް ކަމުގައި ހުންނެވި، ރައީސް މުއިއްޒު ކުޅުއްވަމުން ގެންދަވަނީ ގާނޫނު އަސާސީއާ ކަމަށާއި އެކަމުން އެމަނިކުފާނަށް "ރީތި ކެއްސެއް" ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
"މުހައްމަދު އަމީން ވެސް ކުޅުނީ ދުންފަތާ، މީނަ [ރައީސް މުއިއްޒު] މި ކުޅެނީ ގާނޫނު އަސާސީއާ، މުހައްމަދު އަމީން އަށް ވީ ގޮތް ވެސް ފެނިގެންދާނެ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެހެންވީމަ ގާނޫނު އަސާސި ކުޅޭ ކަމަށްވާ ނަމަ، ފެންނާނެ ރީތި ކެއްސެއް ލިބިގެންދާނެ،" ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކި އަބްދުއްރަހްމާން ނަމަކަށް ކިޔާ މީހަކު ބުންޏެވެ.
ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައި މި ވީޑިއޯ ހިއްސާކޮށް ބައެއް ފަރާތްތަކުން އަންނަނީ އޭނާ އަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
ރައީސް މުއިއްޒަށް އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން އެމްޑީޕީ ސޯޝަލް މީޑިއާގެ އެކްޓްވިސްޓު ހުސައިން ޝާފިއު (ތުއްތު) ވެސް ދާދިފަހުން ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ.
ތިން މީހަކު ހައްޔަރުކޮށް، ދެ ދޯނި ހިފަހައްޓައިފިން: ފުލުހުން
މަސްވެރިންގެ އިހްތިޖާޖުގެ ތެރެއިން މެމްބަރު މައުރޫފް ހައްޔަރުކޮށްފި
ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް ހުށަހަޅަނީ
އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުން
40 ވުރެ ގިނަ މަސްދޯނި ރައީސް އޮފީހާ ދިމާލުގައި އިހްތިޖާޖު ކުރަނީ
މަސްވެރިކަން ކުރިއެރުވުމަށް މަޝްރޫއުތައް ނިންމަންޖެހޭ: އިބޫ