ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ތަންތަން ނޫން ތަނެއްގައި އެ އަމަލު ކުރާ ނަމަ، އެ އަމަލެއް ހިންގާ ވިޔަފާރީގެ ހުއްދަ ބާތިލް ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ބުނެފައިވާ ކަންކަން އެންމެ ރަނގަޅަށް ތަންފީޒު ނުވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ގާނޫނަކީ 2010ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނެކެވެ. މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ، 500 ރުފިޔާ އިން އެ އަމަލެއް ހިންގާ މީހަކު ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
މިފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުން ހެލްތު މިނިސްޓްރީ އަށް ބާރުތަކެއް ލިބިގެން ދާނެއެވެ.
އެގޮތުން ގާނޫނަށް ގެންނަ އިސްލާހުން ކެފޭ ރެސްޓޯރަންޓު ހިންގާ ފަރާތްތައް ޒިންމާ ކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި މިހާރު ގާނޫނުގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރަށް ވިޔަފާރިތަކުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެން ދާނެ ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ