ރާއްޖެ އަށް ޒިޔާރަތްކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.
އިއްޔެއާ ހަމައަށް އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދަކީ 101،963 އެވެ. އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ ހަވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލެއްގެ ގޮތުގައެވެ.
އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.
އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިޔައީ މި ސަރުކާރަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސް ބުނި މައްސަލާގައި ރާއްޖެ ބޮއިކޮޓު ކުރުމަށް އެގައުމުގެ ބައެއް ރައްޔިތުން ގޮވާލަން ފެށުމުންނެވެ.
ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލި ބޮލީވުޑުގެ ބައެއް ތަރިން ވެސް މިހާރު ރާއްޖެ އަށް ޗުއްޓީ ހޭދަ ކުރުމަށް ދަނީ އަންނަމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން