ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭހެން އެސްޓީއޯ އިން ހުސްވީމަ ހުސްވީ"ގެ ނަމުގައި ބޮޑު ވެއާ ހައުސް ސޭލެއް ފަށައިފިއެވެ.
މި ސޭލް އޮންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލްގައި ހިޓާޗީ އާއި މަކިޓާ އާއި ނިޕޯން ޕެއިންޓްގެ އިތުރުން ރެމިންގްޓަން އަދި ރަސްލް ހޮބްސްމީގެ އިތުރުން ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާނެއެވެ.
މި ސޭލްއަކީ 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެކެވެ. އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއާ ހައުސް ސޭލް ކުރިއަށް ދާނެ ގަޑި ތަކަކީ ހަފްތާގެ ހަތަރު ރެއަކުއެވެ.
ސޭލް އޮންނަ ދުވަސްތަކާއި ގަޑިތައް:
ހުކުރު: ހަވީރު 17:00 އިން 18:00 އަށް - ރޭގަނޑު 20:00 އިން 23:00 އަށް
ހޮނިހިރު: ހަވީރު 16:00 އިން 18:00 އަށް - ރޭގަނޑު 20:00 އިން 23:00 އަށް
އާދީއްތަ: ހަވީރު 16:00 އިން 18:00 އަށް - ރޭގަނޑު 20:00 އިން 23:00 އަށް
ހޯމަ: ހަވީރު 16:00 އިން 18:00 އަށް - ރޭގަނޑު 20:00 އިން 23:00 އަށް
މި ވެއާ ހައުސް ސޭލްގެ ތެރެއިން 500 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއާ ހައުސް ސޭލް ނިމުމުން ނެގޭ ގުރުވަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.