ސަރުކާރަށް ފާޑުކިޔާ ފަހަރަކު އެކަން ކުށަކަށް ހަދަން އުޅުމަކީ ބިރުވެރި މާޒީ އިޔާދަވުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސޯލިހް މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް ފުލުހަށް ހާޒިރުވާން އަންގާފައި ވާތީ އެކަމާއި ގުޅިގެންނެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ ހުސައިން ޝާފިއު (ތުއްތު) އެވެ. ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 13:00އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާށެވެ.
އެކަމާއި ގުޅިގެން ސޯލިހް އެކްސްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް އެޅުން ކަމަށެވެ.
"ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއް" ސޯލިހް ވިދާޅުވިއެވެ.
ޝާފިއު އަށް ފުލުނުން ފޮނުވި ޗިޓުގައި ވަނީ އޭނާ ހާޒިރުކުރަނީ ހަޑި ހުތުރު ބަސް ބޭނުންކޮށް 'ބިރުވެރިކަން އުފެދޭ ގޮތަށް' އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށް ބުނެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ