ލިތުއޭނިއާގައި ހުންނަ ޗައިނާގެ ރެޕްރެޒެންޓޭޓިވް އޮފީހުގައި މަސައްކަތްކުރާ ޗައިނާގެ 3 ޑިޕްލޮމެޓަކު އެގައުމުން ބޭރުވާން ލިތުއޭނިއާ ސަރުކާރުން އަންގައިފިއެވެ.
ލިތުއޭނިއާ ސަރުކާރުން މި ނިންމުން އިއްޔެ ޗައިނާގެ އޮފިޝަލުންނަށް އަންގައި، ލިތުއޭނިއާއިން ބޭރުވާން ހަފްތާއެއް ދީފައިވެއެވެ. ލިތުއޭނިއާގެ ޚާރިޖިއްޔާއިން ބުނީ މިނިންމުން ނިންމީ އެއޮފިޝަލުން ލިތުއޭނިއާގެ ގާނޫނުތަކާއި، ވިއެނާ ކޮންވެންޝަނާއި ޚިލާފުވެފައިވާތީއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.
ލިތުއޭނިއާގައި ޗައިނާގެ އެމްބަސީއެއްގެ ބަދަލުގައި ހުންނަނީ ރެޕްރެޒެންޓޭޓިވް އޮފީހެކެވެ. 2021 ވަނަ އަހަރު ލިތުއޭނިއާއިން ޓައިވާނުގެ އެމްބަސީއެއް ލިތުއޭނިއާގެ ވެރިރަށުގައި ހުޅުވަން ހުއްދަ ދިނުމާއެކު، ޗައިނާއިން ވަނީ ލިތުއޭނިއާއާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ޑައުންގްރޭޑްކޮށް، ލިތުއޭނިއާގައި ހުންނަ ޗައިނާގެ އެމްބަސީ ބަންދުކޮށްފައެވެ. ލިތުއޭނިއާއިންވެސް ވަނީ ބެއިޖިންގ ގައި ހުންނަ ލިތުއޭނިއާ އެމްބަސީ ބަންދުކޮށްފައެވެ. އޭގެ ފަހުން ދެގައުމުން ޑިޕްލޮމެޓިކް ގުޅުމެއް މާބޮޑަކަށް ނޯވެއެވެ.
މިދިޔަ މާޗް މަހު ލިތުއޭނިއާގައި ބޭއްވި އިންތިޚާބަށްވެސް ޗައިނާއިން ނުފޫޒު ފޯރުވިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި މީގެ އިތުރުން ސްވިޑަންއާއި ލިތުއޭނިއާއާ ދެމެދު ކަނޑުގެ އަޑިން އަޅާފައިވާ ސަބްމެރިން ކޭބަލްއަށް ގެއްލުން ދިނުމުގައިވެސް ޗައިނާގެ އަތެއްވާކަމަށް ތުހުމަތުކުރެއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު