ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީއަކަށް ބަދަލު ކުރުމަށް ކުރަމުންގެންދިޔަ މަސައްކަތް ހުއްޓާލުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތް ހުއްޓާލުމަށް ނިންމީ ފިނޭންސް މިނިސްޓްރީން އަންގައިގެން ކަމަށެވެ.
އެ އެންގުމާ ގުޅިގެން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައި ވަނީ ސަރުކާރަށް އެސްޓީއޯއިން ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިއަށް ގޮސްފައިވާ މިންވަރު ބަލައި، ފެނަކަގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށެވެ.
"އެސްޓީއޯއިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާތީ، މިކަން ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށާއި ކަމާބެހޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެސްޓީއޯއިން މިއަދު ކުރި އިއުލާންގައިވެއެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރަން ނިންމީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން މިދިޔަ އޮގަސްޓު މަހުގައެވެ. ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ ފެނަކަ ދަރަނިވެރިވެ، އެ ކުންފުންޏަަށް ސަރުކާރުން ކުރަމުންދާ ހަރަދު ބޮޑުވަމުންދާތިއެވެ. ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރަން ނިންމީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާ އެކު، ފެނަކަގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން ބާރުވެރި ކުރުމަށްޓަކައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ