ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް މަޖިލިސް އިދާރާ އިން ދޮގުކޮށްފިއެވެ.
މަޖިލިސް އިދާރާ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ "އަދަދު" ނޫހުގައި މަޖިލިސް ރައީސް އަބްދުއްރަހީމް ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރެއްވި ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ހަބަރަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
މަޖިލިސް އިދާރާ އިން ބުނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ކުރީގެ ރައީސް ނަޝީދާ އެމަނިކުފާނު ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ.
ނަޝީދަކީ 19ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެން ނަޝީދު އެޕާޓީން އިސްތިއުފާ ދެއްވައި، މަޖިލިސް ރައީސް ކަމުން ވެސް އިސްތިއުފާ ދެއްވިއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި