އާސަންދަ އަދި އެންސްޕާގެ އެހީއަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އެކަން ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލިސް މެންބަރު ގުޅުއްވިއަސް އަދި ވަޒީރަކު ގުޅުއްވިއަސް، އޮންނަ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކަށް އެހީއެއް ހަމައެއް ނުޖައްސަވާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަދައްކަވަމުން ހީނާ މިއަދު ވިދާޅުވީ މީގެކުރިން ސިޔާސީ ބޭނުންތަކަށް އިޖުތިމާއީ އަދާލަތުގެ ނިޒާމު ނުވަތަ ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ނިޒާމުގެ ބޭނުން ކޮށްފައިވާ ކަމަށެވެ.
މީގެކުރިން އާސަންދަ އަދި އެންސްޕާގެ ހިދުމަތްތަކަށް އެދިފައިވާ ފަރާތްތަކަށް ސިޔާސީ ބޭފުޅަކު ބޭނުންވާ ފަރާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހަމަޖައްސައި ދެއްވާފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މިހާރުވެސް ވަރަށް ބައެއް ހާލަތްތަކުގައި ވަރަށް ގިނަ ފަރާތްތަކުން އެހީ ހޯދުމުގެ ކަންކަމާއި ގުޅިގެން ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
"އެއީކީއެއް ނާޖާއިޒު ގޮތުގައި އެ ސްކީމުގެ ބޭނުން ހިފުމެއް ނޫން. އަޅުގަނޑުމެން ގައިޑް ކޮށްދޭން އެބޭފުޅުންނަށް އެނގޭތޯ އަޅުގަނޑުމެންނަށް ގުޅީމާ. ކިހިނެއްތޯ ކަންކަން ކުރަން ޖެހޭނީ. ކޮބައިތޯ އެ އިންނަ އުސޫލަކީ. އަޅުގަނޑުމެންނެއް އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ. ރައްޔިތަކު ގުޅިއަސް އަދި އެމްޕީއަކު ގުޅިއަސް އަދި ވަޒީރަކު ގުޅިއަސް އެއިންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން އެކަންކަން ކުރާނީ،" ހީނާ ވިދާޅުވިއެވެ.
ތަކުރާރުކޮށް ހީނާގެ ވާހަކަފުޅުގައި ވިދާޅުވީ ކަންކަން އޮންނަ ގޮތް ކިޔައިދެއްވާ ކަމަށެވެ. ކޮންމެ ރައްޔިތަކަށް ވެސް އެކަމެއް އޮންނަ ގޮތް އޮޅުން ފިލުވުމުގެ ހައްގު އޮންނާނެކަން ހީނާ ފާހަގަކުރެއްވިއެވެ.
އެއްވެސް ރައްޔިތަކު ހާލުގައި ޖެހިއްޖެކަން އެނގޭ ހިސާބުން އެފަރާތަކަށް ވަކިން ގުޅައިގެން އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދާން އޮންނަ މަގުތައް ކިޔައިދެއްވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
ތިޔަހެންވާނީ ޢުމަރުގެފާނުވަޑައިގަތުމުން ނޫނީ ރެޑުވޭސަލީމަށް
އިއްބެ