މީގެ ދެ އަހަރު ކުރިން ޕާކިސްތާނަށް ކުރި ބޯ ވިއްސާރައާއި، ފެންބޮޑުވުމުޔގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އަދިވެސް އަލި މަގެއް ނުފެނި ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.
ވިއްސާރަ އާއި ފެންބޮޑުވުމުގެ އަސަރު 33 މިލިއަން ޕާކިސްތާން ރައްޔިތުންނަށް ކުރިއެވެ. އެ ވިއްސާރައިގައި ޕާކިސްތާނަށް ފަހުގެ ތާރީޚެއްގައި ނުވެހޭ ވަރަށް ވާރޭ ވެހި، ފެންބޮޑުވެ، އެގައުމުގެ ތިންބައިކުޅަ އެއް ބައި ފެނުއަޑިއަށް ދިޔައެވެ.
މި ހާދިސާގައި ހާލުގައި ޖެހުނު މީހުން އަދިވެސް ދިރިއުޅެމުން ދަނީ ކިސަޑުން ހަދާފައިވާ ވަގުތީ ގެތަކާއި އެފަދަ އެހެން ތަންތަނުގައެވެ. މި ކާރިސާއަށްފަހު، ގުތުރަތީ ކާރިސާތަކުގައި ފަސޭހައިން ހަލާކުވެގެން ނުދާނެ ގެތަކެއް ރައްޔިތުންނަށް އަޅައިދިނުމަށް ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރުން ވޯލްޑް ބޭންކާއި ޔުނިސެފް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދެއެވެ.
އެގޮތުން އެ ސަރަހައްދުން ހާލުގައި ޖެހުނު 2.1 މިލިއަން އާއިލާއަށް، ކޮންމެ އާއިލާއަކަށް އެއްހާސް ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދެއެވެ. އެހެންނަމަވެސް މި އެހީވެސް ލިބެނީ އެކި ބައި ބަޔަށް ބަހާލައިގެން، ދޭތެރެ ދުރުކޮށެވެ. ލިބޭ އެހީ ބޭނުންކޮށްގެން ގެދޮރު އެޅުމަށް ބޭނުންވާ ސާމާނު ހޯދަންވެސް އުޅެން ޖެހެނީ އެފަދަ ހާލެއްގައިކަމަށް ޕާކިސްތާނުގެ ރައްޔިތުން ބުނެއެވެ.
ސަރުކާރުން އެކަށީގެންވާ އެހީ ނުލިބޭތަނުގައި، އިގްތިސާދީ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދިޔުމުގެ ސަބަބުން އެމީހުންގެ ދިރުއުޅުމުގެ ހާލަތުވެސް ދަނީ ގޯސްވަމުންނެވެ. ޕާކިސްތާނަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ޤައުމުކަމަށް ގްލޯބަލް ކްލައިމެޓް ރިސްކް އިންޑެކްސްއިން ދައްކައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު