ހަތިޔާރު އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ސިގް ސޯއާ ކުންފުނިން އިންޑިއާގައި ހަތިޔާރު އުފެއްދުމުގެ މަސައްކަތްކުރާނެކަން އިއުލާނުކޮށްފިއެވެ.
ސިގް ސޯއާ އިން އެންމެ ފުރަތަމަ އިންޑިއާގައި އުފެއްދުމަށް ނިންމާފައި ވަނީ އިންޑިއާ އަސްކަރިއްޔާއިން އެ ކުންފުންޏަށް އޯޑަރު ދީފައިވާ 140،000 ރައިފަލްގެ ތެރެއިން ބައެކެވެ. މި ބަޑިތައް އުފެއްދުމަށް އެ ކުންފުނިން ވަނީ އިންޑިއާގެ ޕޫނޭގައި ހިންގާ ޑިފެންސް ކުންފުންޏެއް ކަމަށްވާ ނައިބީ ގްރޫޕާ އެކު މަސައްކަތްކުރުމުގެ އެއްބަސްވުމެއް ގާއިމްކޮށްފައެވެ.
މި އޯޑަރުގެ އިތުރުންވެސް ކުރިއަށް އޮތްތަނުގައި އިންޑިއާގެ ދިފާޢީ ވުޒާރާއިންނާއި ދާޚިލީ ވުޒާރާއިން އަންނާނެ އޯޑަރުތަކަށް ސަޕްލައިކުރުމަށް، އިންޑިއާގައި ހަތިޔާރު އުފައްދާ މަރުކަޒެއް ގާއިމްކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. ސިގް ސޯއާ ކުންފުނީގެ ސީއީއޯ ރޮން ކޮހެން އާއި ހަވާލާދީ އިކޮނޮމިކް ޓައިމްސްއިން ބުނީ 2025 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގައި، ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެ ކުންފުނިން ހޯދާނެއެވެ.
ސިގް ސޯއާ ކުންފުނިން މިހާރުވެސް އިންޑިއާގެ އަސްކަރިއްޔާއަށާއި ދިފާޢީ އެހެނިހެން މުއައްސަސާތަކަށް ހަތިޔާރު ފޯރުކޮށްދެއެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއަށްވެސް ބަޑި ސަޕްލައިކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏަކީ ސިގް ސޯއާ ކުންފުންޏެވެ. ދުނިޔޭގެ ހަތިޔާރު އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ސިގް ސޯއާ ކުންފުނީގެ އަމާޒަކީ އެ ކުންފުނީގެ ވިޔަފާރި އިރުމަތީގެ ގައުމުތަކަށް އިތުރަށް ފުޅާކުރާއިރު، ސަރަހައްދީ މަރުކަޒީ އޮފީހެއްގެ ގޮތުގައި އިންޑިއާ ބޭނުންކުރުމެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް