ދުނިޔޭގެ ބައެއް ގައުމުތަކުން މިނެއް ނެތި ހަނގުރާމަތަކަށް ހަރަދު ކުރާއިރު މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް އެހީ ދިނުމަށް އަދިވެސް ފަސް ޖެހޭ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އަޒަރުބައިޖާންގެ ބާކޫގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް29) ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އާ ކްލައިމެޓް ފައިނޭންސް ލަނޑުދަނޑިއަކީ، މޫސުމީ ގެއްލުންތަކުގެ ހަގީގީ މިންވަރު ރަމްޒުވާ ފަދަ ލަނޑުދަނޑިއަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ބޭނުންވެފައި އޮތް މިންވަރު އޮތީ، ބިލިއަންގައި ނޫން ކަމަށާއި އެ މިންވަރު އޮތީ ޓްރިލިއަންގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލާއިރު، އަޅުގަނޑުމެންނަށް ފެންނަނީ، ހަނގުރާމަކުރުމަށް ޓަކައި މިނިވަންކަމާއެކު ފައިސާ ދައުރުވަމުން އަންނަތަން." މޫސުމީ ބަދަލުތަކަށް ފައިސާ ހަރަދު ކުރަން ފަސްޖެހޭތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި "ކޮޕްގެ 28" ބައްދަލުވުމަށްފަހު ވެސް، ވިހަ ގޭސް ބޭރުކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި