ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ ރޫޙާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް, ބާރުތައް ޖަމާކުރަމުންދާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށާއި މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއް ނެތި ބާރުތައްލިބިފައިވާ ޚުދްމުޚްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށް ކަމަށެވެ.
ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ ހަތަރު ވަނަ މާއްދާއަށް އިޝާރާތްކޮށް ޝާހިދު ވިދާޅުވީ ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް ސާފުކޮށް ބަޔާން ކޮށްފައި ވަނީ މާޒީގެ ތަޖުރިބާގެ އަލީގައި ކަމަށެވެ.
"ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައިވެއެވެ.
"ހިތާމަޔަކީ ޤާނޫނު އަސާސީގެ ރޫޙާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަން. މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޤައުމީ ވާޖިބެއް،" ޝާހިދު ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ ނުސާބަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ