އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގެ) ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނެއެވެ.
އެކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރާއްޖެ އަށް ފައިދާވާ ކަންކަމުގައި އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފަލަސްތީނުގެ މައްސަލަ އަކީ ރާއްޖެ އަށް މުހިއްމު މައްސަލައެކެވެ. އެ މައްސަލާގައި ވެސް ޖެހިލުމެއް ނެތި ރާއްޖޭން ފަލަސްތީނާއި އެއްކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދާނީ ކެރިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން. އެއީ އަޅުގަނޑުމެން ފަހުރުވެރިވާނެ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޖަލްސާ އަށް ފަހު މިރޭގެ ވަގުތެއްގައި އެމަނިކުފާނު ސައުދީ އަށް ފުރާވަޑައިގަންނަވާނެ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ އޯއައިސީގެ ބައްދަލުވުމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ބައްދަލުވުމަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މައްސަލާގައި ބާއްވާ ބައްދަލުވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ފަލަސްތީނުގެ މައްސަލާގައި ސައުދީ ރަސްގެފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ރާއްޖޭން ފުރިހަމަ އަށް ބައިވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ