ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ޖަލްސާތަކުގައި ވައުދުވެ، އެ ކޯލިޝަންގެ މެނިފެސްޓޯގައި ބަޔާންކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން ކުރައްވަމުން ގެންދަވަނީ ސީދާ ވިދާޅުވި ގޮތާ އިދިކޮޅަށް، ލިޔެފައިވާ ގޮތާ ހިލާފަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މަޝްވަރާ ކުރެއްވުމެއް ނެތި، އާބަން ސެންޓަރު ކަނޑައެޅުއްވި މައްސަލާގައި ކަންބޮޑުވުންފާޅު ކުރައްވައި "އެކްސް"ގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާޕްލޭން ވެސް އެކުލަވާލާނީ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެ ޕްލޭނާ އެއްގޮތަށް ކަންކަން ވެސް ނުކުރައްވާނެކަން ދިވެހި ރައްޔިތުންނަށް މިއަދު ޔަގީންވާ ކަމަށެވެ.
އުތުރާއި ދެކުނު ނުހިމަނައި، އާބަން ސެންޓަރުތައް އިއުލާން ކުރެއްވުމުން، އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދަނިކޮށް، ރައީސް ވަނީ އާބަން ސެންޓަރުތަކާއި އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ތަފާތުތައް ރައީސް ކިޔައިދެއްވަވައިފިއެވެ.
ރައީސް ވިދާޅުވީ މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރައްވަން ޕްލޭން ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން އިތުރުން 7 އާބަން ސެންޓަރެއް ތަރައްގީ ކުރުމަށް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								