‏ލޯކަލް ކައުންސިލްތަކުގެ މަޝްވަރާއެއް ނެތި އާބަން ސެންޓަރުތައް ކަނޑައެޅުމުން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވިއިރު, އެ ރަށްތަކުގައި ގޮތުގައި އޮތީ އެއީ ރ. އުނގޫފާރާއި ބ. އޭދަފުށްޓާއި ޅ. ނައިފަަރާއި އދ. މަހިބަދޫގެ އިތުރުން ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫ އެވެ.

އޭގެ ތެރޭގައި ދެކުނުގެ އެއްވެސް އަތޮޅެއް އަދި ހއ. އާއި ހދ. ފަދަ ބޮޑެތި އާބާދީ ހިމެނޭ އެއްވެސް އަތޮޅެއް ނުހިމެނެ އެވެ.

އެކަމާ ގުޅިގެން ޝާހިދު ކުރެއްވި ޕޯސްޓެއްގައިވަނީ ބޮޑުތިލަދުންމައްޗާއި ދެކުނު އަތޮޅުތައް އެ ލިސްޓުން އުނިވެފައިވާ ސަބަބު ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ނިންމުން ނިންމުމުގައި ކައުންސިލްތަކުގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް އޭނާގެ ޕޯސްޓްގައިވެއެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ‎އާބަން ސެންޓަރުތަކާއި އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ތަފާތު ކިޔައިދެއްވާފައެވެ.

ރައީސް ވިދާޅުވީ ‎މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރުމުގެ އިތުރުން 7 އާބަން ސެންޓަރެއް ތަރައްގީ ކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އާބަން ސެންޓަރުތައް ކަނޑައެޅުމަކީ ލާ މަރުކަޒީ އުސޫލުން ބޭރުން މައި ސަރުކާރުން ކަންކަން ނިންމަން ފެށުން ކަމަށް ވެގެން ނުވާނެ އެވެ.