ފެނަކަ ކޯޕަރޭޝަނުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ، އެ ކުންފުނީގެ އެކައުންޓްތަކުން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިފަހައްޓަން ސިވިލް ކޯޓުން އަންގައިފިއެވެ.
ބަޔަކަށް ފައިސާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާއެއް ނުދައްކައެވެ.
އެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން ކޯޓުން އިއްޔެ ނެރުނު ދެ އަމުރެއްގެ ދަށުން ހިފަހައްޓަން އެންގީ 5.2 މިލިއަން ރުފިޔާ އާއި 1.5 މިލިއަން ރުފިޔާއެވެ.
ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ހަތަރު ބިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ. އެހެންވެ, އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށަށް ބަދަލުކުރަން ސަރުކާރުން މިހާރު އޮތީ ނިންމައިފައެވެ. އެއް ކުންފުންޏަކުން އެސްޓީއޯއަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ވެސް ފެނަކައިންނެވެ.
ފެނަކައިގެ އެކައުންޓްތައް ހިފެހެއްޓިއިރު, ސަރުކާރުގެ އެގްރޯނެޓް ކުންފުނީގެ އެކައުންޓްތައް ވެސް ދާދި ފަހުން ކޯޓުން ވަނީ ހިފަހައްޓައިފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ