ސަރުކާރުން ހުދު މުހުތާރު ވެރިކަމަކަށް މިސްރާބު ޖެހި ކަމުގެ ރަނގަބީލު ޖަހައިފި ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރަ 50 ޕަސެންޓަށް ކުޑަކޮށް، ސިޔާސީ މީހުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވާފައި ވާތީއެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ ސަރުކާރުގެ ބޭކާރު އިސްރާފު ހަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ހުދުމުހުތާރް ވެރި ކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލެއް ކަމަށެވެ.
ހަރަދު ކުޑަކުރުމަށް ދައުލަތުގެ މުސާރަތަކަށް ގެންނަވަން ނިންމެވި ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއުލާން ކުރެއްވީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، މުސާރައަށް އެ ބަދަލު ގެންނަވާނެ ކަމަށެވެ.
މުސާރައަށް ގެންނެވި ބަދަލު:
މަޖިލިސް މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
ކުންފުނިތަކުގެ ވެރީންނަށް 90،000 ވުރެ ބޮޑު މުސާރައެއް ނުދިނުން
ސަރުކާރު ކުންފުނިތަކުގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
މިނިވަން މުއައްސަސާތަކުގެ ވެރީންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
ޖުޑިޝަރީ އިސްވެރިންންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
މީގެއިތުިރުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ވެސް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް 17 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފައެވެ.
މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކު ޓޫރިސްޓެއްގެ އަތުން ނަގަމުންދާ ހަ ޑޮލަރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން 12 ޑޮލަރަށް ބޮޑު ކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ތިޔައީ ވެސް ވަގުން...މިއީ ވެސް ވަގުން...ކޮން ވާހަކައެއް ދައްކާކަށް..ދެން އާމީހަކު އަންނންވީ...ހައްލަކީ ޢުމަރު.
އުދުހޭކޮކާ