އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލަ ސިޓީއަކުން އިއްޔެ އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދީފައި ވަނީ ސީދާ ކޮން ބައެއް ކަމެއް ނޭނގެއެވެ. އަދި އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ވެސް ހިއްސާ ކޮށްފައެއް ނުވެއެވެ.
ނަމަވެސް ދާދިފަހަކުން ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި އިތުރު އަންހެން ކަނބަލަކު ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި މުޒާހަރާ ކުރި މައްސަލައެއްގައި އެ ދެ އަންހެނުން ހައްޔަރުކުރިއެވެ.
އެ މައްސަލާގައި މިނިސްޓަރު ޝަހީމަށް ވަރަށް ބޮޑު ފާޑު ކިޔާފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ޝަހީމް ވަނީގުދުސްގެ ދިފާއުގައި ކަމަށް ބުނެ، ތިމާމެންގެ ނުބައި މަގުސަދުތައް ހާސިލުކުރުމަށް، ހިންގާ ޖަރީމާތައް ވަގުތުން ހުށްޓާލުމަށް ގޮވާލައިފައެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި