އިންޑިއާއާއި ސންގަޕޫރާ ދެގައުމުން ގުޅިގެންވާ ބާއްވާ ފުރަތަމަ ސައިބަރ ޕޮލިސީ ޑައިލޮގް ބާއްވައިފިއެވެ.
ސިންގަޕޫރުގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ ޚާރިޖިއްޔާގެ ސައިބަރ ޑިޕްލޮމެސީއާ ބެހޭ ޖޮއިންޓް ސެކްރެޓަރީ އަމިތް ޝުކްލާ އާއި ސިންގަޕޫރުގެ ސައިބަރ ސެކިއުރިޓީ އެޖެންސީގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ކޯ އެވެ.
މި މަޝްވަރާތަކުގައި ސައިބަރ ހަމަލާތަކާއި، ސައިބަރ ސްޓްރެޓެޖީތަކާއި ސިޔާސަތުތައް އަދި ހަމަލާތަކުން ސަލާމަތްވާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރިއެވެ. އަދި އދގެ އިސްނެގުމުގެ ދަށުން ބައިނަލްއަގްވާމި ސައިބަރ ގަވަރނަންސާއި ގުޅޭގޮތުން ކުރިއަށްދާ މަޝްވަރަތަކާ ގުޅޭގޮތުންވެސް ދެޤައުމުން ވަނީ މަޝްވަރާކޮށްފައެވެ.
އަދި މީގެ އިތުރުން ސިންގަޕޫރާއި އިންޑިއާއާ ދެމެދު މިދާއިރާއިން ގުޅުން ބަދަހިކޮށް، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަމަށްވެސް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ ސެޕްޓެމްބަރު މަހު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެޤައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ ސައިބަރ ސްޕޭސްއަކީ އިންޑިއާއާއި ސިންގަޕޫރުގެ ބައިލޭޓަރަލް ގުޅުމުގެ މުހިއްމު ތަނބަކަށް ހަދާފައިވާކަމަށެވެ. އަދި ނިމުނު ހަފްތާގައި މި ބޭއްވުނު މަޝްވަރާތަކަކީ އެނިންމުނުގެ ދަށުން، ދެގައުމުގެ މެދުގައި ބޭއްވޭ ސައިބަރ ސިޔާސަތާ ބެހޭ ސިލްސިލާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ