ޓައިވާނުގެ ރައީސް ވިލިއަމް ލައި ދެއްކެވި ވާހަކަފުޅަކަށް "އަދަބު" ދިނުމުގެ ގޮތުން ކަމަށް ބުނެ، އެގައުމުގެ އައްސޭރިފަށުގައި ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.
1949 ވަނަ އަހަރުން ފެށިގެން އަމިއްލަ ވެރިކަމެއް އިއުލާންކޮށްގެން ހިންގަމުންދާ ޓައިވާނަކީ ޗައިނާއިން ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ ބައެކެވެ. އަދި ކޮންމެ ވެސް ދުވަހަކުން ޓައިވާނަކީ ޗައިނާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދަކަށް ހަދާނެ ކަމަށް ޗައިނާއިން ބުނާއިރު، އެކަމުގައި ބާރުގެ ބޭނުން ކުރަން ޖެހުނަސް އެކަން ވެސް ކުރާނެކަމަށް އެ ގައުމުން ބުނެއެވެ.
ޓައިވާން މައްސަލައަކީ އިރުމަތީގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމާއި، ހުޅަނގުގެ ގައުމުތަކުން އިރުމަތީ ގައުމުތަކާ ބެހޭ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ މައްސަލައެކެވެ.
ޓައިވާނުން ބުނީ ހޯމަ ދުވަހު އެގައުމު ވަށައިގެން 34 ކަނޑުގެ އުޅަނދާއި 125 ހަނގުރާމަމަތީ މަތިންދާ ބޯޓު އުދުހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ޝާއިއުކޮށްފައިވާ ޗާޓުތަކުން އެނގޭ ގޮތުގައި އެގައުމުގެ ސިފައިން ވަނީ މުޅި ޓައިވާން ވަށާލައިފައެވެ. އަދި އެ ޑްރިލްތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް ފަހުން ބުނެފައިވެއެވެ.
ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ ނަމުން ނަން ދީފައިވާ ޗައިނާގެ އަސްކަރިއްޔާއިން ބުނީ މި ތަމްރީނުތަކުގައި އަސްކަރިއްޔާގެ ހުރިހާ ބަހާތަކެއް ހިމެނޭ ކަމަށާއި އެއީ އެއްގަމާއި ކަނޑުއަދި ވައިގެ މަގުން ޓައިވާނަށް ހަމަލާދިނުން ނަކަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަމްރީނުތަކެއް ކަމަށެވެ.
ޗައިނާގެ އަސްކަރީ ޖެޓްތަކުން ޓައިވާނުގެ އެއަރ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯނަށް ވަނުން ވެސް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި