އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރު އެގައުމުގެ ނާއިބު ރައީސް ކަމަލާ ހެރިސްގެ މެޑިކަލް ރިޕޯޓުތައް އާއްމުކޮށް އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތްކަން ހާމަކުރައްވައިފިއެވެ.
ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކަމަލާ ވަނީ އޭނާގެ މެޑިކަލް ރިޕޯޓުތައް އާއްމު ކުރައްވަވާ އޭނާއާ ދެކޮޅަށް އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ ޓްރަމްޕްގެ ދެފުށް ފެންނަ ގޮތެއް ނެތްކަން ތުހުމަތު ކުރައްވައިފައެވެ.
"ރައީސް ކަމަށް ވަޑައިގަތުމަށް އެކަށީގެންވޭތޯ ނުވަތަ ނޫންތޯ ބަލަން [އެމެރިކާގެ ރައްޔިތުން] ބޭނުން ނުވޭ،" ކަމަލާ ވިދާޅުވިއެވެ.
ކަމަލާގެ މެޑިކަލް ރިޕޯޓުތައް ހާމަކުރުމުން ޓްރަމްޕްގެ ކެމްޕެއިން ޓީމުން ވަނީ އޭނާގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައެވެ. ނަމަވެސް އެކަމަށް ބާރުދޭނެ އެއްވެސް ލިޔެކިއުމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ޓްރަމްޕްގެ ކެމްޕޭނުން ބުނީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކީ ވަރަށް އަވަދިނެތި އަދި އެކްޓިވް ކެމްޕެއިން ޝެޑިއުލެއް އޮތް ބޭފުޅެއް ކަމަށާއި ނަމަވެސް ކަމަލާގެ ކިބާގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް