ރަންވޭ މަރާމާތު ނުކުރުމުން، ފްލައިޓުތަކަށް ގެއްލުންވަމުންދާތީ ގައުމީ އެއާލައިން، މޯލްޑިވިއަން ކޫއްޑޫއަށް އުދުހުން ހުއްޓާލަން ނިންމައިފިއެވެ.
"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި މާދަމާއިން ފެށިގެން މޯލްޑިވިއަންގެ ބޯޓުތައް ކޫއްޑޫއަށް ދަތުރެއް ނުކުރާނެއެވެ. އެކަން މޯލްޑިވިއަންގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބައެއް ފްލައިޓުތައް މިއަދު ކޫއްޑޫއަށް ޝެޑިއުލްކޮށްފައިވެއެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވިއަނުން ކޫއްޑޫއަށް އުދުހުން ހުއްޓާލަނީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ފެންވަރު ދަށްވެ، ބޯޓުތަކަށް ގެއްލުންވަމުންދާތީއެވެ. ރަންވޭ މަރާމާތު ނުކުރުމުގެ ސަބަބުން، ރަންވޭގައި ވަޅުގަނޑު ހެދިފައިވާ ކަމަށްވެއެވެ. ރަންވޭ އެގޮތަށް ހުރުމުން މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވެފައިވެއެވެ.
ރަންވޭ މަރާމާތު ނުކުރާތާ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށްވެއެވެ.
ކޫއްޑޫއަކީ ދެކުނުގައި އެންމެ ބާރުބޮޑު އެއާޕޯޓެވެ. ހުވަދު އަތޮޅުގައި އޮޕަރޭޓް ކުރާ ހަ ރިސޯޓަށް އެންމެ ގިނައިން ޓޫރިސްޓުން ދަނީ ކޫއްޑޫއިންނެވެ. ދުވާލެއްގެ މައްޗަށް ފަސް ފްލައިޓް މާލެ އާއި ކޫއްޑުއާ ދެމެދު ދަތުރުކުރެއެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ކޫއްޑޫއަށް ޕްރައިވެޓް ޖެޓް ވެސް ޖައްސައެވެ.
ކޫއްޑޫ އެއާޕޯޓް ހިންގަމުންދަނީ ޕްރިސްޓައިން އައިލެންޑްސް އިންވެސްޓްމަންޓުންނެވެ. އެއާޕޯޓް ހިންގާ ގޮތަށް، އެ ކުންފުންޏަށް ދެ ރިސޯޓު ދީފައިވެއެވެ. އެއީ ފަސް ތަރީގެ ޕުލްމޫން މާމުޓާ ރިސޯޓާއި ހަތަރު ތަރީގެ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓެވެ.
އެ ދެ ރިސޯޓު އޮޕަރޭޝަންތަކަށް ބުރުލެއް ނާރައި ހިންގަމުންދެއެވެ. ނަމަވެސް ކޫއްޑޫ އެއާޕޯޓުގެ ފެންވަރު ދަށްކަމުގެ ޝަކުވާ އަތޮޅުގައި ވަނީ ބޮޑުވެފައެވެ. އެގޮތުން ފްލައިޓުން މުދާ ބޭލުމަށް ގާޑިޔާ ބޭނުންކުރަން ޖެހުމާއި ފަސިންޖަރުން ފުރާ ބަނދަރުގެ ޖެޓީގެ ދަތިކަމާއި ޓްރޯލީތަކުގައި ދަބަރު ޖަހައި، ހަލާކުވެފައި ހުރުމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.
ހުވަދޫގައި ހަތަރު އެއާޕޯޓް އޮވެއެވެ. އެއީ ކާޑެއްދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ކޫއްޑޫ އެއާޕޯޓެވެ.
ކޫއްޑޫ އެއާޕޯޓް ހުޅުވީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
މިތަންތަން ތަރައްގީ އެއް ނުވޭ. ހުއްޓާލާ.މާލަސްވެސް ވެއްޖެ.
ކޫއްޑޫ މީހާޥިލިނގިލީ ގނބނބދމނ ދެން ތިބޭ ފިއްތާލައިގެން
ވިނޯދުޙިންގާނެ ގޮތަކަށް ހިންގަންވީ. ދެރިސޯޓް ދިނަސް ހަރިސޯޓް ދިނަސް ހެޔޮ. ތަންފީޒު ކުރާނެ ބައެއް ނެތް.ތަނުގެ ޙާލަތު އެންމެންނަށްވެސް އެނގޭ. ދަތުރުތައް ހުއްޓާލީމާ ދެން ކޮންމެވެސް ގޮތަކުން މަރާމާތު ކުރާނެ. ރީތި ގޮތް ޚިޔާރުކޮށްބަލަ.
ޞާލިޙް