މާލެ ސަރަހައްދުގައި އެމްއެންޑީއެފް އިން އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދަމުންދާ ކަމަށް ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ތަމްރީނުތައް ކުރިޔަށް ގެންދަނީ އޮކްޓޫބަރު 5 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ތަމްރީނުތައް ކުރިޔަށް ދާނީ ހުޅުމާލެ ފޭސް-3، ފަރުކޮޅުފުށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި) ގައެވެ.
މި ތަމްރީނުތަކުގައި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް މި ތަމްރީނުތަކުގައި ބޭނުމެއް ނުކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން މީގެކުރިން ވެސް މާލެ ސަރަހައްދުގައި މިފަދަ އަސްކަރީ ތަމްރީނުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ކަނޑުމަތީގައި ވެސް މިފަދަ ތަމްރީނުތަކެއް މީގެކުރިން ކުރިޔަށް ގެންގޮސްފައި އެބަހުއްޓެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ