ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 17 އަހަރަށް ޖަލަށްލި މީހަކު ހައި ކޯޓުން އިއްޔެ މިިނިވަންކޮށްފި އެވެ.
އަތޮޅު ތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ އެ ކުއްޖާއަށް އެހެން މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރު ފެންމަތިވުމުންނެވެ. އެ ކުއްޖާ ބުނެފައިވާ ގޮތުގައި އެ މީހާ ޖިންސީ ގޯނާކުރީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު އެވެ.
އެ މީހާ 17 އަހަރަށް ޖަލަށްލުމަށް 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމުން އެ ހުކުމް ބާތިލްކޮށް, އިއްޔެ ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ކުއްޖާގެ ބަޔާން އެކިފަހަރު އެކިގޮތަށް ފުލުހުންނަށް ދީފައިވާތީ އެ ކުއްޖާގެ ބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުން ނިންމެވީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
އެހެންވެ، ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ އެ މީހާ ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.
އެ މައްސަލާގައި އެ މީހާގެ އިތުރުން ޓީޗަރެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. ނަމަވެސް އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އޮތީ ކުރިން ހުކުމްކޮށްފަ އެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު
ދެންވެސް ތިކަލޭގެ އަށް ހުރެވިދާނެބާ ކުއްޖަކު ފަޅާނުލާ؟
އަސްލޭތިގޮތައްކިތައްމީހުންނައްބޭއިންސާފުން އަނިޔާލިބޭނެ
ސަރީފް