ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން، އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ އެސް. ޖައިޝަންކަރާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ. ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ އެ ދަތުރުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވާނެއެވެ.
ޖައިޝަންކަރާ އެކު ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އިންޑީއާ އާއި ރާއްޖެއާ ދެމެދު އޮތް މަސްލަހަތު ހުރި ތަފާތު މައްސަލަތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މުމްބާއީއަށާއި ބެންގަލޫރަށް ވެސް ރައީސް ޒިޔާރަތްކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ