އިންޑިއާގެ ފްލެގްޝިޕް ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ޑިޖިޓަލް ޕްލެޓްފޯމް އެޑޮޕްޓްކުރި ކެރީބިއަން ސަރަހައްދުގެ ފުރަތަމަ ގައުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯ ވެއްޖެއެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި މިނިސްޓްރީ އޮފް ޑިޖިޓަލް ޓްރާންސްފޯމޭޝަނާ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތު އިންޑިއާގެ ހައިކޮމިޝަނަރު ޑރ. ޕްރަދީޕް ރާޖްޕުރޯހިތާއި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ޑރ އަލްވިން ހިލާރޭ ޕޯޓް އޮފް ސްޕެއިންގައި ހުންނަ އެ މިނިސްޓްރީގެ ހެޑްކުއާޓަރުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ޔޫޕީއައި އަކީ އިންޑިއާގައި އެންމެ އިސްކަންދޭ ޕޭމަންޓް މޯޑެވެ. މި ޕޭމަންޓު މޯޑުގެ ތެރެއިން ގާތްގަނޑަކަށް 15 ބިލިއަންގެ މުއާމަލާތް ކުރެވޭނެ ކަމަށްވެއެވެ.
އަދި މި ޓެކްނޮލޮޖީގެ ސަބަބުން ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފައިނޭންޝަލް އިކޯސިސްޓަމް ސްޓްރީމްލައިންކުރެވި، ނަގުދު ފައިސާއަށް ބަރޯސާވުން ކުޑަކުރުމާއި، ރައްޔިތުން ދައްކަންޖެހޭ ފައިސާގެ ޚަރަދު ކުޑަކޮށް، މުއާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް އަމަލުކުރުމާއި، އާބާދީގެ މާލީ ހިމެނުމަށް އެހީތެރިކަން ފޯރުކޮށްދީ، ކޭޝްލެސް މުޖުތަމަޢެއްގެ މަގަށް މަގުފަހިވެގެންދާނެއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު