ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އދ. އަށް ވަޑައިގެން, އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ބައްދަލު ކުރައްވައިފިއެވެ.
ކުރިން އދ. ގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ކުރެއްވި ޓްވީޓެއްގައިވަނީ ގުޓެރޭޒްއާ އެކު ބޭއްވި ބައްދަލުވުމުގައި, ޝާހިދު މިހާރު ކުރައްވަމުން ގެންދަވާ އިންޓަނޭޝަނަލް ކޮމިއުނިޓީސް އޮގަނައިޒޭޝަންގެ މަސައްކަތާބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އދ. އަށް އެނބުރި ވަޑައިގަތުމަކީ ލިބުނު ޝަރަފެއް ކަމަށް ޝާހިދުގެ ޓްވީޓްގައިވެ އެވެ.
ޝާހިދުގެ ޓްވީޓްގައި ވަނީ އިންޓަނޭޝަނަލް ކޮމިއުނިޓީސް އޮގަނައިޒޭޝަންގެ މައިގަނޑު ބޭނުމަކީ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުމާއި ގައުމުތަކުގައި މެދުގައި މައްސަލަތައް ހައްލުކޮށް, ދުނިޔޭގެ ހަމަޖެހުން ގާއިމް ކުރުން ކަމަށެވެ.
ޝާހިދާއު ގުޓެޒޭޒްއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު އަލީ ނަސީރު ވެސް ބައިވެރިވެ ވަޑައިގަތެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ