ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ބައިނަލްއަގްވާމީ މަސްރަހުގައި ޓައިވާނުގެ ބައިވެރިވުން އިތުރުކުރުމަށް ޖީ-7 ގެ ގައުމުތަކުން ގޮވާލައިފިއެވެ.
ޖީ-7ގެ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ޓައިވާނުގެ ބައިނަލްއަގްވާމީ ބައިވެރިވުން އިތުރުކުރުމަށް އެހެން ގައުމުތަކުން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ޓައިވާން ކަނޑުއޮޅީގައި ސުލްހަ ދަމަހައްޓަން ޖެހޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ގައުމުތަކުން ބުނީ ޓައިވާން ކަނޑުއޮޅީގައި ސުލްހަ ދެމެހެއްޓުމަކީ ބައިނަލްއަގްވާމީ ސުލްހަމަސަލަސްކަމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. ޖީ-7 ގެ ބަޔާނުގައި ޓައިވާނަށް ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ މެމްބަރުކަން ލިބެންޖެހޭނެ ކަމަށް ވަކާލާތުކުރި ނަމަވެސް، ޖީ-7ގެ ގައުމުތަކުން ވަކިވަކިން ގެންގުޅޭ 'ވަން ޗައިނާ' ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށްވެސް އެ ގައުމުތަކުން ބުނެއެވެ.
ވިލާތުގެ އިއްތިޙާދުން ވެސް ވަނީ ޖީ-7ގެ ގައުމުތަކާ އެކު، ޓައިވާނުގެ ބައިނަލްއަގްވާމީ ބައިވެރިވުން އިތުރުކުރުމަށް ތާއީދުކޮށްފައެވެ. އަދި ޓައިވާން ސަރަހައްދުގެ ހަމަޖެހުން ގާއިމްކުރުމަށް ހުރިހާ ގައުމުތަކުންވެސް އދގެ ކަނޑުތަކާ ބެހޭ މުޢާހަދާއަށް ހުރުމަތްތެރިކޮށް ހިތުމަށް ވިލާތުގެ އިއްތިހާދާއި ޖީ-7 އިން ވަނީ ގޮވާލާފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު