އިސްލާމިކް މިނިސްޓްރީން ސަލްމާން މިސްކިތުގެ އިމާމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލް އާއި ގުޅޭ ފޯޖަރީގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އޭނާއާ ގުޅޭ ފޯޖަރީގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިމަހުގެ 19ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ޖަލީލަށް ތުހުމަތު ކުރަނީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ހާޝިމް މުހައްމަދުގެ ވިޔަފާރިތައް ފޯޖުކުރި ކަމުގެ ތުހުމަތެވެ. އެގޮތުން ހާޝިމްގެ އާއިލާ އިން ވަނީ އޭނާގެ ވިޔަފާރިތައް ބަލަހައްޓަން ހަވާލުކޮށްފައިވާ ބަންގްލަދޭޝް މީހާއާ ގުޅިގެން ޖަލީލް ހާޝިމްގެ ވިޔަފާރިތައް އޭނާގެ ނަން މައްޗަށް ބަދަލުކުރި ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަން ކޮށްފައި ވަނީ ހާޝިމްގެ ދޮށީ ދަރިފުޅުގެ ސޮއި ފޯޖު ކޮށްގެން ކަމަށްވެސް ތުހުމަތު ކުރެއެވެ.
ޖަލީލުގެ ފޯޖަރީ މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު މިމަހުގެ 23ވަނަ ދުވަހު ޖަލީލާ އެހެން ބަޔަކާއި ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު