ދ. ކުޑަހުވަދޫ ކައިރިން ދަތުރުކޮށްފައި ދަނިކޮށް، އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ އެ ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދަނިކޮށް، މިއަދު މެންދުރުފަހު 2:45ގައި އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.
"ހަމްދު" ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ރޫމްގައި އަލިފާން ރޯވުމުން، ދޯނީގެ ބޮޑުބައެއް އަނދާފައިވެއެވެ.
ފުލުހުން ބުނީ އެ ދޯނީގައި އަލިފާން ރޯވީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު ކަމަށެވެ. ފުލުހުންނާއި ސިފައިންގެ މަސައްކަތުން އެ ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވުނީ މިއަދު މެންދުރުފަހުއެވެ.
އެ ދޯނި އަޑިއަށް ދިޔައީ ދ. ކުޑަހުވަދޫ އާއި ނިޔާމަ ރިސޯޓާ ދެމެދަށެވެ.
އެ ދޯންޏަކީ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ ދޯންޏެކެވެ.
އެ ދޯނިން ދަތުރުކުރި ފަސް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ