މިއަހަރުގެ އޮގަސްޓު މަގުގެ ނިޔަލަށް ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 280 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯރސްމަންޓްއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އޮގަސްޓުމަހުގެ ނިޔަލަށް ޑްރަގުގެ މައްސަލަތަކުގައި 8،554 މީހަކު ބަލައިފާސްކޮށް 712 މީހަކު ހައްޔަރުކޮށްފައިވެއެވެ. ޑްރަގު މައްސަލަތަކުގައި މިއަހަރު ހައްޔަރު ކުރި 80 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށް، 230 މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ޑްރަގް އެންފޯރސްމަންޓްގެ ތަފާސްހިސާބުން ދައްކައެވެ.
ފުލުހުން ހިންގި ޑްރަގު 113 އޮޕަރޭޝަނެއްގައި 158.8 ކިލޯގެ މަސްތުވާތަކެތި މިއަހަރު އަތުލައިގެންފައިވެއެވެ.
ފުލުހުން އަތުލައިގަތް ބަނގުރަލާ އެކު، މިއަހަރު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 282.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު