ލާއިންސާނީ ޖަރީމާ ހިންގުމުގައި ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް، އިޒުރޭލުން ހަނގުރާމަ ކުރަނީ ހަމައެކަނި ޙިޒްބު ﷲއާ އެކަނި ނޫން ކަމަށާއި އެ މީހުން ހަނގުރާމަ ކުރަނީ ހުރިހާ މުސްލިމުންނާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވީ އިޒްރޭލުން ލުބްނާނަށް ދިން ހަމަލާއެއްގައި ހިދުބުﷲގެ ލީޑަރު ހަސަން ނަސްރަﷲ ޝަހީދުކޮށްލާފައިވަނިކޮށެވެ.
މައުމޫން ވިދާޅުވީ އިޒުރޭލުން ހަނގުރާމަ ކުރަނީ ހުރިހާ އަރަބިންނާ ކަމަށާއި ހުޅަނގުގެ ޤައުމުތަކުން އެކަން އޮޅުވާލިދީގެން ނުވާނެ ކަމަށެވެ.
އިޒުރޭލުން ލުބުނާނަށް ހަމަލާދީފައި ވަނީ ބޭރޫތުގައި ހުންނަ ހިދުބުﷲގެ ގެ ކޮމާންޑު ސެންޓަރަކަށެވެ. އެ ހަމަލާގައި ހަ އިމާރާތެއް ބިމާ ހަމަކޮށްފައިވެއެވެ.
އިޒުރޭލާ ދެކޮޅަށް ހަނގުރާމަ ކުރާ ފަލަސްތީނުގެ މުޖާހިދުންނަށް އެހީތެރިވާ ހިޒުބުﷲ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ ކަނޑައަޅާފައެވެ.
މިދިޔަ ޖުލައި، 31، ގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ގައްޒާގައި ވެރިކަން ކުރާ ޖަމާއަތް، ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް ޝަހީދުކޮށްލާފައެވެ.
މެދުއިރުމަތީގައި އިޒުރޭލާ ދެކޮޅަށް ގައުމުތަކުން ދަނީ ތެދުވަމުންނެވެ. އެގޮތުން އިރާން އާއި އިރާގާއި ސީރިޔާ އަދި ޔަމަން ވެސް ދަނީ އިޒުރޭލުން ހިންގާ ގަތުލްއާންމު ކުށްވެރިކުރަމުންނެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި