ނޭވާލާ ނިޒާމުގެ ބައްޔެއް ކަމަށްވާ، ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ކުޑަކުދިންގެ މެދުގައި މި ދުވަސްވަރު ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ބަލި ފެތުރެމުންދާތީ، އެކަން މޮނީޓާކުރަމުންދާ ކަމަށާއި އެ ބަލިން ރައްކާތެރިވުމުގެ ގޮތުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އަތްދޮވުމަށާއި ކެއްސާ، ކިބިހި އަޅާއިރު އަނގަޔާއި ނޭފަތް ފޮރުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ ހުން އައިސް، ކެއްސައި ކިބިހި އެޅުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސާނަމަ، ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. އަވަހަށް ޑޮކްޓަރަށް ދެއްކުމަކީ އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އާރްއެސްވީ ފެތުރެނީ ކުޑަކުދިންނާއި އުމުރުން ދުވަސް ވީ މީހުންގެ މެދުގައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން