ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ ހުރި 7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ސަސްޕެންޑުކޮށްފިއެވެ.
މިދިޔަ މަހު ހޯމްލޭންޑް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ 100،000 އަށް ވުރެ އިތުރުވާ ފަރާތްތައް މި މަހުގެ ނިޔަލަށް ފައިސާ ނުދައްކައިފިނަމަ، އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށެވެ.
މިދިޔަ މަހުގެ ނިޔަލަށް ފައިސާ ދެއްކުމަށް ހޯމް ލޭންޑް މިނިސްޓްރީން ދެ ވަަނަ ފުރުސަތެއް ދިނެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް ފައިސާ ނުދައްކައިފިނަމަ، ސަސްޕެންޑް ކުރާ ކުންފުނިތަކުން، އެކްސްޕެޓް ސިސްޓަމުން އެކި ހުއްދަ ހޯދުމާއި ހިދުމަތައް ދެން ނުލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހޯމް ލޭންޑް މިނިސްޓްރީން ވަނީ ބަހާލައިގެން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ތަނަވަސް ކޮށްދީފައެވެ. އެގޮތަށް ފައިސާ ދެއްކުމަށް 3،692 ފަރާތަކުން ވަނީ އެދިފައެވެ.
ރާއްޖެ އަށް ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓު އާއްމު ކުރުމުން އޭގައި ހިމެނޭ ބައެއް ކުންފުނިތަކުން ފައިސާ ދެއްކިއެވެ. ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާއްމު ކުރުމުން 182 މިލިއަން ރުފިޔާ ދެއްކި ކަމަށް ހޯމް ލޭންޑް މިނިސްޓްރިން ބުންޏެވެ.
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި
ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް
ބޭރު ފައިސާގެ ބެލެންސް ދަށްވުމުން ޝަމްހީދުގެ ކަންބޮޑުވުން
މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އާޒިމް ގޮވާލައްވައިފި
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ