ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އ.ދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދެވެ.
މިއީ ރައީސުލްޖުމްހުރިއްޔާ އދ ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އ.ދގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނެއެވެ.
މީގެ އިތުރުންވެސް އ.ދގެ ސަލާމަތީ މަޖިލީހުގެ ހާއްސަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި އ.ދ ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށެވެ.
މީގެއިތުރުން އ.ދގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަސިޓީގެ ދަރިވަރުންނާއި މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަޖިލީހަށް އިންތިހާބު ވަނީ އަމިއްލަ މަސްލަހަތެއް އިސްކުރާކަށް ނޫން
ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލަށް
64.2 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމެޓީން ފާސްކޮފި
"އަތުކުރިއޮޅާލަމާ" އަކީ ލޭ ހަދިޔާކުރަން ހިތްވަރު ދޭ ކެމްޕެއިނެއް
އަބްދުއްރަހުމާން މަރާލި މީހުންނަށް މަރުގެ ދައުވާކޮށްފި
ކުޑަ ދެ ކުއްޖަކާއި ބެހުނު މައްސަލައެއް ފުލުހުން ބަލަނީ