ހުރިހާ ފަރާތްތަކަކުން ވެސް ގުޅިގެން މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދުގެ އެނިމޭޓެޑް ވީޑިއޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފެންނަނީ ބާރު ސްޕީޑުގައި ދުއްވާފައި އަންނަ ކާރަކުން ސައިކަލެއްގައި ޖެހި، ސައިކަލު ދުއްވަން އިންނަ މީހާ މަރުވާ މަންޒަރެވެ. އަދި މަރުވާ މީހަކީ ކާރު ދުއްވަން އިން މީހާގެ ބައްޕައެވެ.
ރައީސްގެ ޕޯސްޓުގައި ފުރަތަމަ ވެސް ވިދާޅުވެފައި ވަނީ ފުރާނަ އަކީ އަގުހުރި އެއްޗެއް ކަމަށެވެ. އަދި މަގުތަކުގައި ދުއްވާއިރު ރައްކާތެރިކޮށް ދުއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަމިއްލަ އަތުން ހެދޭ ގޯސްތައް ރަނގަޅު ކުރުމަށް ދެވަނަ ފުރުސަތެއް ނުލިބިދާނެ ކަމަށާއި އެހެންކަމުން މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް މާލެ އަދި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެ، ގިނަ ބައެއްގެ ފުރާނަ މިކަމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިގެން ދާތީއެވެ. އެގޮތުން ފާއިތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެކްސިޑެންޓުތަކުގައި ދެ މީހަކު ވަނީ ނިޔާވެފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު