ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް އިންޑިއާއަށް ފުރައިވަޑައިގަންނަވާނެ ތާރީހަކާ ގުޅޭ ގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުންދާ ކަމާށެވެ. އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ހީނާ ނުދެއްވައެވެ.
ރައީސް ދާދިފަހުން އިންޑިއާއަށް ވަޑައިގެންނެވީ ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނެވުމަށް މިދިޔަ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.
އެ ދަތުރުފުޅަށްފަހު، ރައީސް ވިދާޅުވީ ދެ ޤައުމުގެ އެކުވެރި ގާތްގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ ރާއްޖެއަށް އަދި ދިވެހިންނަށް ހެވާއިލާބަ ލިބޭ ގޮތަށް ކަމަށެވެ. އަދި އެ ގުޅުމުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ