އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" ނިންމާލައިފިއެވެ.
މި ޑައިލޮގްގައި ބައިވެރިވެލެއްވި އިންޑިއާ ވަފުދުގެ އެންމެ އިސްވެރިޔަކަށް ހުންނެވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ، ޝްރީ ގިރިދަރު އަރަމަނޭއެވެ. އަދި، އެމްއެންޑީއެފްގެ ވަފުދުގައި އިސްކޮށް ހުންނެވީ، ޗީފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް އަނިލް ޗޯހާންއާއި، ޗީފް އޮފް ދަ އާމީ ސްޓާފް، ޖެނެރަލް އުޕެންދުރަ ދުވިވެދީގެ އިތުރުން، ޗީފް އޮފް ނޭވަލް ސްޓާފް، އެޑްމިރަލް ދިނޭޝް ކޭ. ތުރިޕާތީ، އަދި އިންޑިއަން ކޯސްޓްގާޑްގެ އެޑިޝަނަލް ޑައިރެކްޓަރު ޖެނެރަލް، އެސް. ޕަރަމޭޝްއާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ބަދަހި ގުޅުމާއި، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން މި ޑައިލޮގްގެ ހަވާސާގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާގައި ގާއިމުކުރެވިފައިވާ އިންފޮމޭޝަން ފިއުޝަން ސެންޓަރު – އިންޑިއަން އޯޝަން ރީޖަން އަށް ޒިޔާރަތްކުރައްވައި އެތަނުގައި ކުރެވޭ މުހިންމު މަސައްކަތްތައް ބައްލަވާލައްވާފައެވެ.
" އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް"ގައި، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ދިފާއީ ގުޅުން އިތުރަށް ބަދަހިކޮށް، ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށާއި، ތަމްރީނާއި އުނގެނުމުގެ ދާއިރާއާ ބެހޭގޮތުންނާއި، މައުލޫމާތު ހިއްސާކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި، ސަރަހައްދުގެ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން އިތުރު ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ